އިބްރާހިމް ޒަކީ
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްްލުވާލާފައިވާ މައްސަލައާ ގުޅިގެން، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.
މަރާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަން "ދަ ކޮމިޝަން އޮން ޑިސަޕިޔަރެންސް އެންޑް ޑެތްސް" އިން ކުރި ޓްވީޓެއްގައި ބުުނެފައިވަނީ، ބަޔަކު ރާވައިގެން އަހުމަދު ރިލްވާން އަބުދުﷲ ގެއްލުވާލުމާ ގުޅޭ ގޮތުން އަހުމަދު އަޝްރަފް ((ޝުމްބާ ގޮންގ) 2014 ވަނަ އަހަރުުގެ އޯގަސްޓް މަހުގެ ތެރޭގައި ކޮށްފައިވާ ޓްވީޓްތަކާ ގުޅިގެން އޭނާ ކޮމިޝަނަށް ހާޒިރުކޮށް ކޮމިޝަނަށް ބޭނުންވާ މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
އަހުމަދު އަޝްރަފްވެސް ވަނީ އޭނާ ރިޔާސީ ކޮމިޝަނަށް ހާޒިރުވެ މައުލޫމާތު ދީފައިވާ ކަމަށް ބުނެފައެވެ.
އަޝްރަފު މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޓްވީޓް ތަކަކާ ގުޅިގެން ދަ ކޮމިޝަން އޮން ޑިސަޕިޔަރެންސް އެންޑް ޑެތްސް އަށް މިއަދު އޭނާ ހާޒިރުކޮށް ކުރި ސުވާލު ތަކަކަށް ދޭން ޖެހޭ މައުލޫމާތެއް، ކޮމިޝަނަށް ހާޒިރުވެ މިއަދު ދީފައިވާނެ ކަމަށެވެ.