ޚަބަރު

މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު ޕީއެންސީއަށް

މުހައްމަދު އިޝާން

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް، ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ނަސީމް، މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުން ވާދަކުރައްވައިގެންނެވެ.

ޕީޕީއެމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ނަސީމު، ޕީއެންސީއަށް ގުޅިވަޑައިގެންފައިވާ ކަމަށެވެ. އަދި އޭނާ ޕީއެންސީއާ ގުޅިވަޑައިގެންނެވީތީ ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު، އޭނާ ފޯމު ހަވާލުކުރެއްވީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއެވެ.

މަޖިލީހުގައި މިވަގުތު ޕީއެންސީއަށް ނިސްބަތްވާ ހަތަރު މެމްބަރަކު ތިއްބެވެ. އެ މެމްބަރުންގެ ތެރެއިން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވަނީ، ރާއްޖޭގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. އެހެންކަމުން މަޖިލީހުގައި ކުރިއަށް އޮތްތަނުގައި ނަސީމް ހިމެނޭ ގޮތަށް ޕީއެންސީއަށް ނިސްބަތްވާ ހަތަރު މެމްބަރަކު ތިއްބަވާނެއެވެ.