ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންގެ ޖީބަށް ނުކަތާވަރަށް ހަރަދުތައް އުފުލަންޖެހޭ ޖެހުމަށް ހައްލު ހޯދަންޖެހޭ: ރައީސް ސޯލިހު

މަރިޔަމް ޝަހުދާ

3

ރައްޔިތުންގެ ޖީބަށް ނުކަތާވަރަށް ހަރަދުތައް އުފުލަންޖެހޭ ޖެހުމަށް ހައްލު ހޯދަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވަނީ ހެތްލް މިނިސްޓަރުކަން ކުރައްވާފައިވާ އިއްޒަތްތެރިންގެ ސަމިޓު އިފްތިތާހުކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި މަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްގީ ކުރަން އުޅުމުން ތަފާތު ގޮޮންޖެހުންތަކާ ދިމާވެފައިވާކަމަށް ފާހަގަ ކުރެއްވި އެވެ. އަދި މިކަމަށް ރަށްތަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓާތައް ތަރައްގީ ކުރުމުގެ ބަދަލުގައި މާލޭގެ ހޮސްޕިޓާ ތަރައްގީ ކުރުމުން ޑޮކްޓަރަށް ދައްކަން ވިޔަސް ޓެސްޓެއް ހަދަން ވިޔަސް ރައްޔިތުންނަށް މާލެ އަންނަން މަޖުބޫރުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން އައިޖީއެމްއެޗުން ލިބެން ހުރި ހިދުމަތްތައް އެކަށީގެންވާ ވަރަށް ވުރެ ގިނަ އަދަދެއްގެ މީހުންނަށް ފޯރުކޮށްދޭން ޖެހި، އިތުރު މައްސަލަތައް ކުރިމަތިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒަމާނުއްސުރެ ސިއްހީ ހިދުމަތުގެ ކަންކަން ރޭވިފައި ވަނީ ރައްޔިތުންގެ ޖީބަށް ނުކަތާ ވަރަށް ކަމަށް ރައީސް ވިދާޅުވިއެވެ.

''ޒަމާނުއްސުރެ ކަންކަން ރޭވިފައި މިއޮތީ ރައްޔިތުން އެ ބުރަ އުފުލަން ޖެހޭ ގޮތަށް. ޖީބަށް ނުކަތާވަރަށް ހަރަދުތައް އުފުލަން ޖެހޭ ގޮތަށް. މިއީ އަޅުގަނޑުމެން މަޝްވަރާކޮށް ހައްލުހޯދަން ޖެހޭ އެއް މައްސަލަ. ތިޔަބޭފުޅުންގެ ތަޖުރިބާގެ އަލީގައި މިކަންކަމަށްވެސް ހައްލު ހޯދިދާނެ ކަމަށް އަޅުގަނޑު ދެކެން.'' ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވާހަކައިގައި ރަށްރަށުގެ ސިއްހީމަރުކަރުކަޒުތަކަށް ބޭނުންވާ އަސާސީ ވަސީލަތްތައް ލިބުމުގައި ހުރި ދަތިތަކަކީވެސް ކޮންމެހެން ހައްލު ހޯދަންޖެހޭ ކަމެއްކަމަށް ފާހަގަ ކުރެއްވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟