ޚަބަރު

އެލައިޑުން ހޯމް ކޮންޓެންޓް ޕްލޭނެއް ނަގައިގެން 50 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭ ޕްރޮމޯޝަނެއް

އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭނެއް ނަގައިގެން 50 އިންޗީގެ ސްމާޓް ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އެލައިޑުން ފަށައިފިއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ހަދަންޖެހޭނެ ގޮތަކީ އެލައިޑްގެ މޯބައިލް އެޕް ނުވަތަ ވެބްސައިޓް، myallied.mv މެދުވެރިކޮށް ހޯމް ކޮންޓެންޓް ޕްލޭނެއް ނަގަންޖެހޭނެއެވެ.

އެއަށްފަހު އެލައިޑްގެ ފޭސްބުކް ޕޭޖުގައިވާ ޕްރޮމޯޝަންގެ ޕޯސްޓަރު ޕަބްލިކް ސެޓިންގައި ހިއްސާކުރަންޖެހޭނެއެވެ. ޕޯސްޓް ހިއްސާކުރާއިރު އެލައިޑްގެ ފޭސްބުކް ޕޭޖާއި އަޔާދީ ތަކާފުލްގެ ފޭސްބުކް ޕޭޖު ޓެގު ކުރަންޖެހޭނެއެވެ.

ޕްރޮމޯޝަން ލިންކަކީ: https://www.facebook.com/photo?fbid=701720818652258&set=a.547696487388026 އެވެ.

އަޔާދީ ހޯމް ކޮންޓެންޓް ޕްލޭންގެ ދަށުން ތިން ޕްލޭނެއް ވަނީ ހަދައިފައެވެ. އެއީ އެ މީހަކު ބޭނުންވާ ގޮތަކަށް ފަރުމާ ކުރެވޭ 'ހޯމް ކޮންޓެންޓް ތަކާފުލް' ޕްލޭނާއި ހިޔާ ފްލެޓުތަކުގައި އުޅޭ ފަރާތްތަކަށް އަމާޒުކޮށްފައިވާ 'އަހަރެންގެ ހިޔާ' ޕްލޭން އަދި ހިޔާވަހިއެވެ. ހިޔާވަހި ޕްލޭނަކީ ސެޓް ހޯމް ކޮންޓެންޓް ޕެކޭޖެކެވެ.