ޚަބަރު

މާލޭގައި އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފި

އައިޝަތު އަފްޝަން

އަންހެކަނު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިއްޔެ އެކަން ހިނގާފައި ވަނީ ކަލާފާނު ސްކޫލު ކައިރިން ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން "ވަން" އަށް މިއަދު މައުލޫމާތު ދިނެވެ.

ނަމަވެސް އެ ހަމަލާ ހިނގި ވަގުތު، އަދި އެއްވެސް މީހަކަށް އަނިޔާ ވެފައިވާ ކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މައްސަލައާ ގުޅޭ އިތުރު މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތް ކަމަށް ބުންޏެވެ.