ޚަބަރު

ޝުމްބާ ހައްޔަރުކޮށްފި

އައިޝަތު އަފްޝަން

ސޯޝަލް މީޑިއާ އެކްޓިވިސްޓު އަހުމަދު އަޝްރަފް (ޝުމްބާ) ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކެނެރީ މަގުގައި ހިނގި މާރާމާރީއެއްގެ މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރީ ދިވެހި ފިރިހެނެއް ކަމަށް ބުންޏެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ޝުމްބާ އެވެ. އޭނާ ހައްޔަރު ކުރީ މާރާމާރީ ހިންގަން ހިތްވަރު ދިންކަމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ޝުމްބާއަކީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓް (އެމްޓީޑީ)ގެ ކައުންސިލު މެންބަރެކެވެ.