ކާނިވާ ސަރަހައްދުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 10:28 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ސައިކަލު އޮތީ ކާރު ދަށުވެފައެވެ. ނަމަވެސް އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގެ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.