ޚަބަރު

މަރުތަކާއި ގެއްލުވާލި މީހުންގެ މައްސަލަބަލާ ކޮމިޝަނަށް ޝުމްބާ ހާޒިރު ކުރަނީ

އިބްރާހިމް ޒަކީ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) މާދަމާ ހާޒިރު ކުރަން ނިންމައިފިއެވެ.

އަހުމަދު އަޝްރަފް ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އެކަމާބެހޭގޮތުން އޭނާކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެދިފައިވާގޮތާ އެއްގޮތަށް ތަހުގީގުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރިޔާސީ ކޮމިޝަނަށް ހާޒިރުވާން ނިންމާފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ކޮމިޝަނަށް ހާޒިކުރުމަށް އަންގާފައިވަނީ މާދަމާ 11:00 އަށެވެ.

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ވެސް މީގެ ކުރިން އެ ކޮމިޝަނަށް ވަނީ ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

ކޮމިޝަނުން ބުނެފައިވަނީ، ޒާހިދު އެ ކޮމިޝަނަށް ހާޒިރުކުރީ 2011ވަނަ އަހަރާއި 2012ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދީފައިވާތީ ކަމަށެވެ.