ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އުދުހުންތަށް ބާއްވާ މަންޒިލް ތަކުގެ ތެރެއިން، އަންނަ ރޯދަމަަހާ ދިމާކޮށް ބައެއް މަންޒިލްތަކުގެ ޓިކެޓްގެ އަގު ހެޔޮކުރަން ނިންމައިފިއެވެ.
މޯލްޑިވިއަންއިން ބުނެފައިވަނީ، ރޯދަމަހާ ދިމާކޮށް، އެތެރޭގެ އުދުހުންތައްބާއްވާ 10 މަންޒިލަކަށް ދަތުރުކުރާ ޓިކެޓްގެ އަގު ހެޔޮ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މަންޒިލްތަކަށް ހަމަޖެހިފައިވާ، ދެކޮޅު ޓިކެޓުގެ އަގުތަކަކީ، ދަރަވަންދޫ އަށް 999ރ، ކުޑަހުވަދޫ އަށް 1388ރ، އިފުރު އަށް 1338ރ، ހަނިމާދޫ އަށް 1477ރ، ތިމަރަފުއްޓަށް 1477ރ، ކައްދޫ އަށް 1477ރ، ކޫއްޑޫ އަށް 1515ރ، ކާޑެއްދޫ އަށް 1515ރ، އަދި ގަމަށް 1544ރ، އާއި ފުވައްމުލައް 1544ރ، ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.
އެ ހެޔޮ އަގުގައި އަންނަ މަހުގެ 5 ން ފެށިގެން 28 ގެ ނިޔަލަށް ދަތުުކުރެވޭނެ ކަމަަށްވެސް އެކުުންފުނިން ވަނީ ބުނެފައެވެ.