ޚަބަރު

އުރީދޫން ބޭއްވި ގޭމިން ފެސްޓިވަލް ނިންމާލައިފި، ޕަބްޖީ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ

ފާތިމަތު ލިޔުޝާ

އުރީދޫ މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބޭއްވި ފޯރިގަދަ ގޭމިން ފެސްޓިވަލް ރޭ ނިންމާލައިފިއެވެ.

"ނޭޝަން ގޭމާސް ލޭންޑް - ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް"ގެ ނަމުގައި އެ ފެސްޓިވަލް ކުރިއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. ހުޅުމާލޭގައި ހުންނަ އުރީދޫގެ މައި އިމާރާތުގެ ބޭރުގައި ހަދާފައިވާ ޓެންޓެއްގައި ބޭއްވި މި ފެސްޓިވަލަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން ފެސްޓިވަލެވެ.

ތަފާތު ވާދަވެރި މުބާރާތްތައް ކުރިއަށްދިޔަ އެ ފެސްޓިވަލްގައި 350 އަށްވުރެ ގިނަ ގޭމަރުންނާއި އީސްޕޯޓްސްއަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވި އިރު، ފެސްޓިވަލަށް 1000 ވުރެ ގިނަ މީހުން ޒިޔާރަތްކުރި ކަމަށް އުރީދޫން ބުނެއެވެ.

ގޭމިން ފެސްޓިވަލްގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުމަށް ރޭ ފެސްޓިވަލް ކުރިއަށްދިޔަ ޓެންޓުގައި ބޭއްވި ހަފުލާގައި ޖުމުލަ 185،000 ރުފިޔާގެ ފައިސާ އިނާމު ދީފައިވާއިރު، ހަފުލާ ފެށިގެން ދިޔައީ ކޮސްޕްލޭ ކޮމްޕެޓިޝަންގައި ބައިވެރިވި ފަރާތްތަކުގެ ކޮސްޓިއުމްއާއި ކެރެކްޓާ ދައްކާލުމުގެ ކޮސްޕްލޭ ޝޯ އަކުންނެވެ.

އެ ޝޯގައި 11 ބައިވެރިންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލި އިރު، އެއްވަނަ ހޯދި "ފްރައި ބޯއީ"ގެ ކެރެކްޓާގެ ގޮތުގައި ބައިވެރިވި އަހުމަދު ވިޝާމެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ.

ހަފުލާގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް ހަސަން ނިޔާޒު ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައިވެސް އެ ގޭމިން ފެސްޓިވަލް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި 2024 ވަނަ އަހަރު އިތުރު ގޭމިން މުބާރާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން އިންޓަ ސްކޫލް އީ-ގޭމިންގް މުބާރާތަކާއި ކޮލެޖް/ ޔުނިވާސިޓީ އީ-ގޭމިންގް މުބާރާތަކާއި އިންޓަ އޮފީސް އަދި ސަރުކާރު އޮފީސްތަކުގެ އީ-ގޭމިންގް މުބާރާތްތައް ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.

"އުރީދޫގެ ފަރާތުން މި މަސައްކަތް ކުރަނީ އީ-ގޭމިންއަކީ ވަރަށް ކުރިއަރާދާނެ ސެގްމަންޓަކަށް ހަދާ. ރާއްޖެ އައި ބޭރުގެ ގައުމުތަކުގައި ގޯލްޑް މެޑަލް ލިބިގެންދާވަރުގެ ވަރުގަދަ ކުޅުންތެރިން ފެނިގެންދާނެ ކަމަށް އުންމީދު ކުރަނީ،" ނިޔާޒް ވިދާޅުވިއެވެ.

ރޭސިން ސިމިއުލޭޓަރު ޖީޓީ7 މުބާރާތުން ވަނަތައް ހޯދި ފަރާތްތައް:

  • • ޗެމްޕިއަން: އަޔާން އަހުމަދު ޝާނީޒް / 11،000 ރުފިޔާގެ ފައިސާ
  • • ދެ ވަނަ: އަލީ އަޝްހަމް އަބްދުލް ހަމީދު / 8،000 ރުފިޔާ
  • • 3 ވަނަ: އަހުމަދު އަލްވިން އައްސިދު ޒާހިރު / 6،000 ރުފިޔާ

ޓެކްކެން މުބާރާތުން ވަނަތައް ހޯދި ފަރާތްތައް:

  • ޗެމްޕިއަން: އަހުމަދު އަބާން / 5،000 ރުފިޔާ
  • 2 ވަނަ: އަމީލް އިސްމާއީލް / 3000 ރުފިޔާ
  • 3 ވަނަ: އަހްމަދު ޠާބިޝް / 2000 ރުފިޔާ

އީއޭއެފްސީ24 ފުޓްބޯލް ގޭމިން މުބާރާތުން ވަނަތައް ހޯދި ފަރާތްތައް:

  • ޓޮޕް ސްކޯރާ އަދި ޗެމްޕިއަން: މުހައްމަދު އައިމަން އަހުމަދު / ޖުމްލަ 25،000 ރުފިޔާ
  • 2 ވަނަ: އަބްޔާން އަލީ ނިހާދު / 10،000 ރުފިޔާ
  • 3 ވަނަ: މުހައްމަދު ޒަމީލް ޒިހުނީ / 5،000 ރުފިޔާ

އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕުން ވަނަތައް ހޯދި ފަރާތްތައް:

  • ޗެމްޕިއަން: ޓީމް އީޓޫއެސް ޓީއެމް7/ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް
  • 2 ވަނަ: ޓީމް އީޓޫއެސް އަކަޓްސުކީ/ 20،000 ރުފިޔާގެ ފައިސާގެ އިނާމެއް
  • 3 ވަނަ: ޓީމް އާރްޖީސީ ސިންޑިކޭޓް/ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް
  • 4 ވަނަ: ޓީމް އާރްޖީސީ ޑެނޯ/ 5،000 ރުފިޔާގެ ފައިސާގެ އިނާމެއް
  • މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ޓީމް އީޓޫއެސް ޓީއެމް7ގެ ހައިޝަމް ވަހީދު/ 1500 ރުފިޔާގެ ފައިސާގެ އިނާމެއް

އުރީދޫ ނޭޝަން ގޭމާސް އެވޯޑް 2023ގެ ދަށުން ގޭމިން އެންޑް އީސްޕޯޓްސް ކޮމިއުނިޓީއަށް ހާއްސަ އެވޯޑުތައް:

  • ބެސްޓް ގޭމިން އޯގަނައިޒޭޝަން: އީޓޫއެސް ގޭމިން
  • ބެސްޓް ސާވިސްއިން އީ-ސްޕޯޓްސް: މޯލްޑިވްސް އީ ސްޕޯޓިން އެސޯސިއޭޝަން (މެސާ)
  • ޓޮޕް އެޗީވިން ކްލޭން: ރެޖިސައިޑް އީސްޕޯޓްސް
  • ބެސްޓް ގޭމިން ކޮމިއުނިޓީ (ކޮންސޯލް އެންޑް ޕީސީ): އެޕެކްސްއެމްވީ
  • ބެސްޓް ގޭމިން ކޮމިއުނިޓީ (މޮބައިލް): ޕަބްޖީއެމް ކޮމިއުނިޓީ
  • އަހަރުގެ އެންމެ މޮޅު އީސްޕޯޓްސް ޓީމު: އާރްޖީސީ އޮޕެކްސް
  • އެންމެ މޮޅު ޕަބްޖީއެމް ކުޅުންތެރިޔާ: މުހައްމަދު ހައިޝަމް ވަހީދު
  • އެންމެ މޮޅު އެމްއެލްބީބީ ކުޅުންތެރިޔާ: ނަބީލް އައްބާސް
  • އެންމެ މޮޅު އެފްސީ24 މޮޅު ކުޅުންތެރިޔާ: ޒަކްވާން ޝިހާދު
  • އެންމެ މޮޅު އެފްޕީއެސް ކުޅުންތެރިޔާ: މުހައްމަދު ޝާއިފް
  • އަހަރުގެ އެންމެ މޮޅު ކާސްޓާ: މުހައްމަދު ރައްޔާން މާހިރު

އުރީދޫ ނޭޝަން ގޭމާސް އެވޯޑް އެވޯޑް:

  • އެންމެ މޮޅު އީސްޕޯޓްސް ޕީސީ ކުޅުންތެރިޔާ: ހަސަން އަސީލް ރަޝީދު
  • އެންމެ މޮޅު އީސްޕޯޓްސް މޮބައިލް ކުޅުންތެރިޔާ: އަހުމަދު މާހިލް މުހައްމަދު
  • އެންމެ މޮޅު އީސްޕޯޓްސް ކޮންޓްރޯލާ ކުޅުންތެރިޔާ: މުހައްމަދު ޒަމީލް ޒިހްނީ