ލައިފް ސްޓައިލް

ކާމިޔާބު މީހުން ހުސްވަގުތު ހޭދަކުރާ ގޮތް

1

އޮފީހުން ގެއަށް ގޮސް ކުރަނީ ކީއްބާ؟ ސީރީސް ބެލުން؟ ނޫނީ ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުން؟ ނޫނީ ރައްޓެހިންނާ އެކީ ބޭރަށް ދަނީ ބާ؟ ހުސް ވަގުތުގައި ކުރެވޭނެ ކަންކަން ބައިވަރު، އަދި ހުސްވަގުތު ހޭދަ ކުރާ ގޮތަކީ ތިމާ ޕްރޮފެޝަނަލީ ކާމިޔާބުވާން ކުރެހޭ ރޮނގެކެވެ. އެހެންކަމުން ކާމިޔާބު ބައެއް މީހުން ހުސްވަގުތު ހޭދަ ކުރާގޮތަށް ބަލައިލާނަމެވެ. މިއީ ކާމިޔާބު މީހަކަށް ވުމަށް ދަސްކުރެވިދާނެ ބައެއް ރަނގަޅު އާދައެވެ.

ނިދުމަކީ ޕްރަޔޯރިޓީއެއް

ރަނގަޅަށް ނިދި ހަމަވާ ވަރަށް ނުނިދައިފި ނަމަ އަނެއްދުވަހު މޫޑީވުމުގެ އިތުރުން މަސައްކަތުގެ މާހައުލުގައި ޕްރޮޑަކްޓިވިޓީވެސް ދަށްވެއެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް ރޭގަނޑު 9:30 ގައި ނިދައެވެ. އަދި ހަތް ގަޑިއިރުގެ ނިދި ހަމަކުރެއެވެ. ފޭސްބުކްގެ ސީއޯއޯ ޝެރިލް ސޭންޑްބާރގް ނިދުމުގެ ކުރިން އޭނާގެ ފޯނު ނިއްވާލައެވެ. ނިދާފައި އޮންނަ އިރު އެއްވެސް ކަހަލަ އުނދަގުލެއް ވެދާނެތީއެވެ. އެހެންކަމުން ހަތް ގަޑިއިރު ނިދި ހަމަކުރެވޭތޯ ބެލުމަކީ ކާމިޔާބު މީހުންގެ ސިފައެކެވެ.

ފޮތް ކިޔުން

ފޮތް ކިޔުން އެއީ ފިކްޝަން ނުވަތަ ނޮން ފިކްޝަން ވިޔަސް، މީހާގެ ސިކުނޑިއަށް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ. މީހާގެ ނޮލެޖް އިމްޕްރޫވް ވުމުގެ އިތުރުން މިއީ، ވާހަކަ ދެއްކުމުގެ ހުނަރު އަދި އަދަބިއްޔާތުވެސް މުއްސަނދިވާނެ ކަމެކެވެ. އަނެއްކާ މިއީ ސްޓްރެސް ބޫސްޓަރެއްވެސް މެއެވެ. ކާމިޔާބު ބައެއް މީހުންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސްއަކީ ގަވައިދުން ފޮތްކިޔާ މީހުންނެވެ.

ހަރަކާތްތެރިވުން

ކަސްރަތަކީ ކޮންމެ އުމުރެއްގައިވެސް ކުރުން މުހިއްމު ކަމެކެވެ. ވަރޖިން ގްރޫޕްގެ ފައުންޑަރ 68 އަހަރުގެ ރިޗާރޑް ބެންސަން ބުނާ ގޮތުގައި ކަސްރަތު ކުރުމުން އޭނާގެ އެދުވަހުގެ މަސައްކަތް ދެގުނައަށް ކުރެވެއެވެ. އަނެއްކާ ކަސްރަތަކީ، ކޮންފިޑެންސް ބޫސްޓް ކޮށްލައި، އުފެއްދުންތެރިކަން އަދި ކަންކަމަށް ކޮންސެންޓްރޭޓް ކުރުމާއި، ވިސްނުމާއި، މެންޓަލީ މީހާ ފިޓްވުމަށް ވެސް އޮތް ވަރަށް ރަނގަޅު ހައްލެކެވެ. ދެން މީގެ އެންމެ ބޮޑު އެޑްވާންޓޭޖަކީ މީހާވެސް ފިޓްކޮށް ހުރުމެވެ.

ނޫނެކޭ ބުނުމަށް ޖެހިލުން ނުވާށެވެ.

ކަންކަމާ މީހުންނަށް ނޫނެކޭ ބުނުމަކީ ގިނަ މީހުނަށް ކުރުން އެހާ ފަސޭހަ ކަމެއްނޫނެވެ. ނަމަވެސް މަސައްކަތުގެ މާހައުލަށް ބަލައިލިއަސް އަދި އަމިއްލަ ދިރިއުޅުމަށް ބަލައިލިއަސް ބައެއް ކަންކަން ނުކުރެވޭނެ ކަމަށް ނުބުނާ ކަމަށް ވާނަމަ ކަންކަން ފުނި ޖެހި ކުރަންޖެހޭ އެންމެ މުހިއްމު ކަމަށް ދޭން ޖެހޭ ސަމާލުކަން އޮންނާނީ ނުދެވިފައެވެ. މީގެ އެންމެ ބޮޑު މިސާލަކީ ސްޓީވް ޖޮބްސްއެވެ. ސްޓީވް ޖޮބްސް ބުނެފައިވާ ގޮތުގައި "މީހުން ހީކުރަނީ 'ފޯކަސް" ނުވަތަ ސަމާލުކަން ދޭށޭ ބުނުމުން އެއީ ސަމާލުކަން ދޭންޖެހޭ ކަމަށް އާނއެކޭ ބުނުން ކަމަށެވެ. ނަމަވެސް ހަގީގަތުގައި މީގެ މާނައަކީ އެހެން ހުރިހާ ރަނގަޅު ހިޔާލުތަކަށް ނޫނެކޭ ބުނުމެވެ."

ކިޔެވުމާއި އިލްމު އުނގެނުން

ކިޔެވުމަށް އެއްވެސް އުމުރެއް ނޯވެއެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ވެސް އިލްމު އުނގެނުމަކީ ކީރިތި ރަސޫލާވެސް ހަދީޘް ރައްވާފައިވާ ގޮތެވެ. ކަންކަން ދެނެގަނެ، މީހާ މުޖުތަމައުއަށް ހޭލުންތެރިވެ، އުޅޭ މާހައުލު ދަސްވެ، އަދި ކުރިއެރުމަށް އޮތް އެންމެ ބޮޑު އެއް ކަމަކީ ކިޔެވުމާއި ދަސްކުރުމެވެ. އެއީ ކޮންމެހެން ތިމާ އުޅޭ ދާއިރާއިން ކިޔެވުން ނޫންކަމުގައިވެސް ވެދާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟