ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތެރޭގައި އަޑުގަދަކުރި ޗައިނާ އަންހެންމީހާ ވަނީ ސާވެލެންސްގެ ދަށުން ދޫކޮށްލާފައި ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.
އިމިގްރޭޝަން އިން "ވަން" އަށް ބުނީ، މި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތެއް އަދި ދެވެން ނެތް ކަމަށާއި މިވަގުތު އެ އަންހެންމީހާ ހުރި ކޮންމެ ދުވަހެއްގެވެސް ވަކި ވަގުތެއްގައި އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި ދޫކޮށްލައިފައި ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން، މިދިޔަ ބުރާސްފަތި ދުވަހު ވީއައިއޭ އިން، އެ އަންހެން މީހާ ހައްޔަރުކުރީ އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން ފަދަ އަމަލުތައް ހިންގާތީ ކަމަށް ފުލުހުން ބުންޏެވެ. ހަމަ އެދުވަހު އެ އަންހެންމީހާ އިމިގްރޭޝަނާ ހަވަލުކުރި ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާއަކީ ވިސާގެ މައްސަލައެއް ޖެހިގެން ނުފުރުނު ފަތުރުވެރިއެކެވެ. އޭނާއަށް ފުރޭ ގޮތް ނުވުމުން ވީއައިއޭގައި އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ވެސް ބައެއް މަސްދަރުތައް ބުނެއެވެ.