ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވިލިމާލޭގައި އިމާރާތްކުރި މަސްޖިދުލް ބިއްރި ރައީސް ސޯލިހު ހުޅުވައިދެއްވައިފި

ވިލިމާލޭގައި އިމާރާތްކޮށްފައިވާ "މަސްޖިދުލް ބިއްރި" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި މިސްކިތް ހުޅުއްވައިދެއްވުން އޮތީ މިއަދު މެންދުރުފަހު ވިލިމާލޭގައި މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މިސްކިތް ހުޅުއްވައިދެއްވުމަށް އެދި ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

"މަސްޖިދުލް ބިއްރި" އަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ޖާގައިގެ ގޮތުން 1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެކެވެ. މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މިސްކިތުގައި ކުރި އަސުރު ނަމާދުގެ ޖަމާއަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.