ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތެރޭގައި އެހެން މީހުންނަށް އުނދަގޫވާނެ ގޮތަށް އަޑުގަދަކުރި ޗައިނާ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، އެ އަންހެން މީހާ ހައްޔަރުކުރީ އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން ފަދަ އަމަލުތައް ހިންގާތީ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާއަކީ ވިސާގެ މައްސަލައެއް ޖެހިގެން ނުފުރުނު ފަތުރުވެރިއެކެވެ. އަދި އޭނާއަށް ފުރޭ ގޮތް ނުވުމުން ވީއައިއޭގައި އުޅޭތާ ދުވަސްކޮޅެއް ވެފައިވާކަން އެނގިފައިވެއެވެ.