މިނިސްޓަރު އަހުމަދު މަޙުލޫފް

ރިޔާސީ އިންތިޚާބުގައި ނިންމުނީ ރަނގަޅު ނިންމުމެއް ކަމަށް ރައްޔިތުން މިއަދު ގަބޫލުކުރޭ: މަޚުލޫފް

1

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި، ނިންމުނީ ރަނގަޅު ނިންމުމެއް ކަމަށް ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަޚްލޫފު ވިދާޅުވެއްޖެ އެވެ.

މަޚްލޫފު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިޔަށް ދިޔަ، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މަޚްލޫފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިބްރާހީމް މުހައްމަދު ސޯލިހު ހޮވުނީތީ ރައްޔިތުން ތިބީ އުފަލުންކަން ނިމިގެން ދިޔަ މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި އެނގިވަޑައިގެންނެވި ކަމަށެވެ. ކެމްޕޭން ތެރޭގައި 80 ވަރަކަށް ރަށަށް ވަޑައިގެންނެވި ކަމަށާއި އެ ދަތުރުތަކުން އެންމެ ބޮޑަށް ފާހަގަކުރެއްވުނު އެއް ކަމަކީ، ރައްޔިތުން ރައީސް ސޯލިހަށް ކުރައްވާ އިތުބާރު ކަމަށް ވެސް މަޚުލޫފް ވިދާޅުވި އެވެ.

"ރައީސް ކަމަށް އިބޫ ހޮވުނީތީ އެކަމާ ފަހުން ހިތާމަކުރާ އެއްވެސް މީހަކާ ދިމައެއް ނުވޭ. އެއީ ހަމަ ރަނގަޅު ނިންމުމެއް ކަމަށް ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރޭ. އެހެން އެވަނީ އިންތިޚާބުވެވަޑައިގަތުމަށް ފަހު ރައީސް ވެސް ކަންކަން ކުރައްވާ ގޮތުން." މަޚުލޫފް ވިދާޅުވި އެވެ.

މަޚުލޫފް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ތަފާތު ބޭފުޅެއް ކަމަށާއި އެތަފާތު ފެންނަމުންދާ ކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް ރައީސް ފެނިގެން ގޮސްފައި ވަނީ ވަރަށް "ގޯ"ގައި ހުންނަވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އަދި މިހާރު އެ ގެންދަވާ ގޮތަށް ކަންކަން ގެންދަވައިފި ނަމަ އިތުރު ދައުރެއްގައި ވެސް ރައީސް ސޯލިހު ވެރިކަން ކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟