ޚަބަރު

ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކަން ތިބި ތިން ދިވެހިން ހައްޔަރުކޮށްފި

ފާތިމަތު ލިޔުޝާ

މާލޭގެ ކްލިނިކެއްގައި ހަށިވިއްކަން ތިބި މައްސަލައެއްގައި ތިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު "ވަން" އަށް ބުނީ މާލޭގައި ހިންގަމުންދިޔަ ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ، އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮފަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.