ޚަބަރު

މަޖީދީމަގު ކެމްޕަސް ކައިރީގައި އޮތް ކާރެއްގައި ރޯވެއްޖެ

މަޖީދީމަގު ކެމްޕަސް ކައިރީގައި އޮތް ކާރެއްގައި ރޯވެއްޖެއެވެ.

ފުލުހުން ބުނީ މަޖީދީމަގު ކެމްޕަސް ކައިރީގައި އޮތް ކާރެއްގައި ރޯވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ކާރެއްގައި ރޯވެގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:38 ހާއިރު ކަމަށާއި ރޯވެފައިވަނީ އެ ކާރުގެ ހެޑްލައިޓުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށާއި ޓްރެފިކް ޕޮލިސްގެ އެހީތެރިކަމާއެކު އެ ކާރު މިހާރު އިންޑަސްޓްރިއަލް ޒޯނަށް ގެންގޮސްފައިވާ ކަމަށެވެ.