ޚަބަރު

އިޒްރޭލުން ގާޒާގެ 260 ކުޑަކުދިން ޝަހީދުކޮށްލައިފި

އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ 260 ކުޑަކުދިން ޝަހީދުވެއްޖެއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އިޒްރޭލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން މިހާތަނަށް އެ ހަމަލާތަކުގައި 260 ކުޑަކުދިން ވަނީ ޝަހީދުވެފައެވެ.

ގާޒާގައި ތިބި ނޫސްވެރިންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން މިއަދުވެސް އިޒްރޭލުން ދަނީ ގާޒާއަށް ގިނަ ހަމަލާތަކެއް ފޮނުވަމުންނެވެ. އަދި އެ ހަމަލާތައް ސީދާ ޓާގެޓު ކުރަނީ ކޮން ހިސާބަކަށް ކަމެއް ނޭނގެއެވެ.

އޭގެ އިތުރުން، އެ ހަމަލާތަކާ ގުޅިގެން މަގުމަތީގައި ތިބި މީހުން ސަލާމަތް ހޯދަން މަސައްކަތް ކުރި ނަމަވެސް، ސަލާމަތް ހޯދަން ދާނެ ވަކި ތަނެއް ނެތް ކަމަށާއި، ހުއްޓުމެއް ނެތި ހަމަލާ ދެމުން ދާތީ އިތުރު ތަނަކަށް ނުދެވިފައިވާ ކަމަށް ބުންޏެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގާޒާގެ 260،000 އަށްވުރެ ގިނަ މީހުން ވަނީ މަގުމަތި ވެފައެވެ. އަދި މަރުވި މީހުންގެ ޖުމްލަ އަދަދު 950 އަށްވުރެ ގިނައެވެ.