ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި އިންތިހާބީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މެޑަމް ފަޒްނާ މިއަދު ސާޖިދާއާ ބައްދަލުކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި މުއިއްޒު ހޯއްދެއްވި ކާމިޔާބީއަށް ސާޖިދާއަށް ފަޒްނާ މަރުހަބާ ދަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ފިރިކަލުންނަށް ކެމްޕެއިން ކުރެއްވުމުގައި ފަޒްނާ އާއި ސާޖިދާވެސް ވަނީ އަމަލީ ގޮތުން އުޅުއްވައިފައެވެ.
ފަޒްނާ އާއި ސާޖިދާ މިއަދު ބައްދަލުކުރެއްވި އިރު، މިއީ ވެރިކަން ބަދަލުމުގެ މަރުހަލާގައި ވެރިންގެ އަނބިކަނބަލުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މިއީ މީގެ ކުރިން ކުރެއްވި ކަމެއް ނޫނެވެ.
މިދިޔަ މަހުގެ 30ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުނު މުއިއްޒު ކަމިޔާބުކުރެއްވި 54 ޕަސަންޓު ވޯޓު ހޯއްދަވައިގެންނެވެ. އީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓް ވޯޓެވެ.
ވެރިކަން ބަދަލުކުރުމުގެ އިންތިގާލީ މަރުހަލާމިހާރު ކުރިއަށްދާ އިރު، އިންތިހާބީ ރައީސްގެ އޮފީސްވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ. އެގޮތުން އެ އޮފީސް ހިންގުމަށް ހަމަޖެހިފައި ވަނީ ސްޓޭތް އިލްކެޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިމާރާތުގައެވެ.