ޚަބަރު

ތިން މީހަކަށް ކުޑަގިރިއަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އާބަންކޯއިން ފަށައިފި

އައިޝަތު އަފްޝަން

ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފުތާ ފާހަގަކުރުމުގެ ގޮތުން އާބަންކޯއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އާބަންކޯއިން ބުނީ، އެ މުއްދަތުގެ ތެރޭގައި އާބަންކޯގެ ކޮންމެ ޗެނަލަކުން ހިދުމަތް ހޯދާ ކަސްޓަމަރަކަށް ވެސް އޮޓަމެޓިކުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ތިން ނަސީބުވެރިޔަކު ހޮވާނެއެވެ. އަދި އެއިން ކޮންމެ މީހަކަށް ކުޑަގިރިއަށް ހިލޭ ދަތުރެއް ލިބޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، އެ ޕްރޮމޯޝަން ފެށީ ކަސްޓަމަރުންގެ ދުވަހާ ދިމާކޮށް، ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ކަމަށެވެ.