ހުރަވީ ބިލްޑިންގުގެ ބެލްކަނީން ބައެއް ވެއްޓި ސައިކަލަކަށް ގެއްލުން ވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު 12:45 ހާއިރުއެވެ. މި ހާދިސާގައި ވެއްޓިފައި ވަނީ ހުރަވީ ބިލްޑިންގުގެ އަމީރުއަހުމަދު މަގާވާ ފަޅިއަށް ހުރި ބެލްކަނީން ބައެކެވެ. ބެލްކަނި ވެއްޓުމުގެ ސަބަބުން ސައިކަލަކަށް ގެއްލުންވި ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި މީހަކަށް އަނިއްޔާއެއް ނުލިބެއެވެ.
ފުލުހުން މިހާރު އެސަރަހައްދު ބަންދުކޮށްފައިވާއިރު، ސިޓީ ކައުންސިލްގެ ފަރާތުން އެ ސަރަހައްދަށް ގޮސް ހުރަވީ ބިލްޑިންގް އިމާރާތް އަންނަނީ ބަލަމުންނެވެ.