ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފި އެވެ.
މިއަދު މެންދުރު 12:40 އާއި ހަވީރު 15:40 އާއި ދެމެދުގެ ވަގުތަށް އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވަނީ މެޓް އޮފީހުންނެވެ. މެޓް އޮފީހުން ވަނީ މޫސުން ގޯސްވެ، މި ދެ އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ.
ގިނަ ދުވަސްތަކެއް ވާންދެން ވާރޭ ނުވެހި އޮތުުމަށް ފަހު ރާއްޖެއަށް ވާރޭވެހެން ފަށާފައި މިވަނީ އިއްޔެ އިސްތިސްގާ ނަމާދު ކުރިފަހުން ނެވެ.