ޚަބަރު

ޒަހަމްތަކަށް ފަރުވާ ނުލިބި އޮސްޓްރިޗް މަރުވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގެންގުޅުނު ގިނިކާމާދޫނީގެ ފަޔަށް ބަޔަކު ދިން ޒަހަމުތަކަށް ފަރުވާ ނުލިބި މަރުވެއްޖެއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އެ ދޫނި މަރުވެފައިވަނީ އެ ދޫނީގެ ފަޔަށް ރޭ ބަޔަކު ދިން ހަމަލާގައި އެ ދޫނީގެ ފައި ބުރިކޮށްލުމުން ލިބުނު ޒަހަމުތަކަށް ފަރުވާ ނުލިބިއެވެ.

އާންމު މީހަކު މާލޭގެ ގެއެއްގައި ގެންގުޅެމުން ދިޔަ އެ ދޫނި ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރީ ގޭގައި އެފަދަ ބޮޑު ދޫންޏެއް ގެންގުޅޭތީ ފާޑުކިޔުންތައް އަމާޒުވުމުންނެވެ.

އެ ދޫނި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގެންގުޅެމުން އައީ އާންމުންނަށް ފެންނަ ގޮތަށް ބޮޑު ކޮށްޓެއްގެ ތެރޭގައެވެ.