އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގެވުމުން، ސަސްޕެންޓް ކުރެއްވި ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން އުވާލައްވައިފިއެވެ.
އަކުރަމްގެ ސަސްޕެންޝަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުވާލައްވާފައިވާކަން ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ވެސް ވަނީ "ވަން އޮންލައިން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
އެސްއޯއެފްގެ އެކައުންޓުން އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީގެ ތަހުގީގު ރިޕޯޓުން ހާމަވުމާ ގުޅިގެން، "ޒީރޯ ޓޮލަރެންސް" ޕޮލިސީގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޭނާ ސަސްޕެންޑް ކުރީ ފެބްރުއަރީމަހުގެ 14ގަ އެވެ.
އަކުރަމްގެ އިތުރުން އެ މައްސަލައިިގައި ސަސްޕެންޑްކޮށް ގޭގައި މަޑުކުރަން އެންގެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ސަސްޕެންޝަން ވެސް މިއަދު ވަނީ އުވައި ލައްވައިފައެވެ.