މިނިސްޓަރު އަހުމަދު މަޙުލޫފް

މިނިސްޓަރު މަހުލޫފު މަސައްކަތަށް ނިކުންނެވުމަށް އަންގަވައިފި

އިބްރާހިމް ޒަކީ

ގޭގައި މަޑުކުރަން އަންގާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރަސްމީކޮށް މިނިސްޓްރީގެ މަސައްކަތަށް ނިކުންނެވުމަށް އަންގަވައިފިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގެވުމުން، ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މަހުލޫފް ސަސްޕެންޑްކުރައްވައި ގޭގައި މަޑުކުރައްވަން އަންގަވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 14އިން ފެށިގެންނެވެ.

ސަސްޕެންޝަން އުވާލައްވައި، ރަސްކީކޮށް އޮފީހަށް ނިކުންނެވުމަށް، އެންގެވުމާ ގުޅިގެން، މިއަދު ކުރެއްވި ޓްވީޓެއްގައި މަހުލޫފު ވިދާޅުވެފައިވަނީ، އޭސީސީ އާއި ޕޮލިހުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރެއްވުމަށްފަހު، އިތުބާރު ކުރައްވައި އަލުން ރަސްމީ މަސައްކަތަށް ނެރެދެއްވި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ތެދުވެރިކަމާއެކު މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށާއި އިތުބާރު ކުރެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް ސަސްޕެންޑް ކުރައްވާފައިވާ، މުއްދަތުގައި ޔޫތު މިނިސްޓްރީ ހިންގެވުން ހަވާލު ކުރައްވާފައި ހުންނެވީ ޓޫރިޒަމް މިނިސްޓަރު އަލީވަހީދުއާއެވެ.