މެޓް އޮފީސް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޯލްޑިވްސް މީޓްރޮލޮޖީ ސެންޓަރުން ވައިޓް އެލާޓް ނެރެފި އެވެ.

މިގޮތުން ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ ޅ އަތޮޅާއި ލ އަތޮޅާ ދެމެދަށެވެ. މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މި ދެ އަތޮޅުގެ ދެމެދުގެ ރަށްތަކަށް މިއަދު ހެނދުނު 9:15 އާއި މެންދުރު 3:15 އާ ދެމެދު ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.

މީގެ ކުރިން މިއަދު ފަތިހު 4:15 އާއި ހެނދުނު 9:15 އާއި ދެމެދު ވެސް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެއީ ނ އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށެވެ.

ގިނަ ދުވަސްތަކެއް ވާންދެން ވާރޭ ނުވެހި އޮތުުމަށް ފަހު ރާއްޖެއަށް ވާރޭވެހެން ފަށާފައި މިވަނީ އިއްޔެ އިސްތިސްގާ ނަމާދު ކުރިފަހުން ނެވެ.