ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެއަށް ނިސްބަތްވާ ޖުމުލަ ތިން ގޮނޑި ހިމެނޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މަޖިލީހުގެ ގޮނޑިތައް ކަނޑައަޅާފައި ވަނީ ކޮންމެ 5000 މީހަކަށް މެމްބަރެއްގެ އުސޫލުންނެވެ. ދާއިރާއަށް ނަން ކިޔަނީ އެ ދާއިރާއެއްގައި ހިމެނޭ އެންމެ އާބާދީ ބޮޑު ރަށުގެ ނަމުންނެވެ.
އީސީން ރޭ ވަނީ ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރު އިންތިހާބު ކުރަންޖެހޭ 93 ގޮނޑި އާއެކު އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރު މަޖިލީހަށް ނުވަ ގޮނޑި އިތުރުވާނެއެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންނަނީ ހުޅުމާލެއަށް އެންމެ ގޮނޑިއެކެވެ. ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދާއިރާއަށް ތިން ގޮނޑި އިންނާނެއެވެ. އެއީ ހުޅުމާލެ މެދު ދާއިރާ އަދި ހުޅުމާލެ އުތުރު ދާއިރާއެވެ. އަދި ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާއަށް ބަދަލުކުރާނެއެވެ.
އަންނަ އަހަރަށް އިތުރުވި ހަ ދާއިރާއަކީ:
މި ބަދަލާއެކު އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަންޏެވެ.