ޚަބަރު

މެމްބަރު ހައިތަމް އެމްޑީޕީން ވަކިވެއްޖެ

އަލީ ޔާމިން

މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ހައިތަމް އެންޑީޕީން ވަކިވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) "ވަން" އަށް މިއަދު ވިދާޅުވީ، ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންނެވި ކަމުގެ ސިޓީ ޕާޓީ އޮފީހަށް މިއަދު ލިބިފައިވާ ކަމަށެވެ.

"އެ ބޭފުޅާގެ ވިސްނުމާ ޕާޓީގެ ވިސްނުމާ ދިމާނުވާތީ ކަމަށް ވަކިވީ ބަޔާންކޮށްފައި އޮތީ" އިބުރޭ ވިދާޅުވިއެވެ.

މެންބަރު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންނެވި އިރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުވެސް ވަނީ އެމްޑީޕީން މި ފަހުން ވަކިވެވަޑައިގެން، އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.