ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރުކަމުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު އިސްތިއުފާދެއްވައިފިއެވެ.
ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރުކަމުގެ މަގާމުން ނިހާން އިސްތިއުފާ ދެއްވިކަން އިއުލާންކޮށްފައިވަނީ އޭނާ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
ނިހާން ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕީޕީއެމްއަށް ގެއްލުނީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށާއި ޕީޕީއެމްގެ ލީޑާޝިޕުން ފެއިލްވި ހުރިހާ ބޭފުޅުން އިސްތިއުފާދެއްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ނިމިދިޔަ ރިއްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިހާން ވާދަކުރެއްވީ ތިނަދޫ ދެކުނު ދާއިރާއަށެވެ. ނަމަވެސް އެ އިންތިހާބުން އޭނާ ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.