ޚަބަރު

ބީއެމްއެލްއިން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން ބޭއްވި އެ ކޭމްޕުގައި 46 މުވައްޒަފަކު ލޭ ހަދިޔާކުރިއެވެ.

ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ބީއެމްއެލްއިން ދަނީ ކޮންމެ ތިން މަހަކުން އެއް ފަހަރު ލޭ ހަދިޔާކުރުމަށް ކޭމްޕެއް ބާއްވަމުންނެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި މި ކޭމްޕުން 60 އަށްވުރެ ގިނަ ބީއެމްއެލް މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާ މެމްބަރުން ވަނީ ލޭ ހަދިޔާ ކޮށްފައެވެ. ލޭ ހަދިޔާކުރުމުގެ ކޭމްޕް ބާއްވަން ނިންމީ 2021 ވަނަ އަހަރެވެ.

ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖުތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށެވެ.