އައްޑޫގައި ސިޓީ ހިތަދޫ ހަންކެޑެ ބްރިޖް ސަރަހައްދުގައި ކާރަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 4:00 އެހާކަންހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލްގައި އިން އަންހެނަކަށެވެ.
އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިތަލްގައި އަންނަނީ ފަރުވާދެމުންނެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާގޮތުގައި އަންހެންމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހަންކެޑެ ބްރިޖު ކައިރިން މަގުގެ އެއްފަރާތުން އަނެއްފަރާތަށް ސައިކަލް ހުރަސްކުރި ވަގުތު ގަމުން ހިތަދުއަށް ދުއްވާފައިދިޔަ ކާރެއް ސައިކަލުގައި ޖެހިގެންނެވެ.
މި އެކްސިޑެންޓްގައި ކާރު ސައިކަލުގައިޖެހި ކޮންޓްރޯލް ނުވެގެން ގޮސް މަގުގެ އެއްފަރާތުން ވަލަށް ވަދެފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.