ޚަބަރު

ދިވެހި ބަސް ރައްކާތެރިކޮށް ދިރުވައި ކުރިއެރުވުމަކީީ އެންމެހައި ދިވެހިންގެ ވާޖިިިިބެއް: މައުމޫނު

އިބްރާހިމް ޒަކީ

ދިވެހި ބަސް ރައްކާތެރިކޮށް ދިރުވައި ކުރިއެރުވުމަކީީ އެންމެހައި ދިވެހިންގެ ވާޖިިިިބެއްކަމަށް ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން މިދާ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

ވީޓް ކުރައްވައި އެމަނިކުފާނު ފޮނުއްވި މި މެސެޖުގައި ވިދާޅުވެފައިވަނީ، ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި މި ރީތިބަހުގެ ފަޚުރުވެރި އަހުލުވެރި ލޮބުވެތި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާ ކަމަށާއި، ދިވެހި ބަސް ރައްކާތެރިކޮށް ދިރުވައި ކުރިއެރުވުމަކީީ އެންމެހައި ދިވެހިންގެ ވާޖިިިިބެއްކަމަށެވެ.

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފައެވެ.

އެމަނިކުފާނުގެ ތަހުނިޔާގެ މެސެޖުގައި ދިވެހިބަަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ މައިގަނޑު އަސާސް ކަމަށް ވަނީ ވިދާޅުވެފައެވެ.

"ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި އެންމެހައިލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ. ދިވެހިބަަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ މައިގަނޑު އަސާސެވެ. ދިވެހިބަހުން ބުނާށެވެ. ލިޔާށެވެ. ބުނެވޭނެއެވެ. ލިޔެވޭނެއެވެ.،" ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.