މަގުމަތީގެ އެކްސިޑެންޓް

ޕިކަޕަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ

މަރިޔަމް ޝަހުދާ

ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާ ވެއްޖެއެވެ.

މިއަދު ހެނދުނު އަމީނީ މަގުން ހުޅަނގުން އިރަށް ދުއްވާފައި އައި ޕިކަޕެއްގައި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ގައި ތިބި ދެމީހުންނަށެވެ. މިދެމީހުންްވެސް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މަންޒަރުދުށް ފަރާތްތަކުން މައުލޫމާތުދިނެވެ

އެ ސަރަހައްދުގައި ހުރި ވަން އޮންލައިންގެ ނޫސްވެރިޔާއަށް މައުލޫމާތު ދެމުން މަންޒަރުދުށް ފަރާތްތަކުން ވަނީ ސައިކަލުގައި ތިބީ އަންހެނަކާއި ފިރިހެނެއް ކަމަށާއި، އެތަނުން އަންހެން މީހާގެ ފަައި ވަރަށް ބޮޑަށް ޒަހަމްވެފައި ކަމަށް ބުނެފައެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު އެހިސާބުގައި ޕާކުކޮށްފައިވާ ޓެކްސީއަކަށްވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. އެގޮތުން ޓެކްސީއަށް ގެއްލުން ލިބިފައި ވަނީ ޕިކަޕު ކޮންޓްރޯލުން ނައްޓައިގެން ގޮސް އެ ޓެކްސީގައި ޖެހުމުންނެވެ.

ފުލުހުންގެ މީޑިއާއިން ބުނި ގޮތުގައި މި އެކްސިޑެންޓުގައި އަންހެން މީހާގެ ކޮނޑުހުޅުން ވަނީ ނައްޓައިގެން ގޮސްފަ އެވެ.