ދުއްވާފައި ދިޔަ ދެ ސައިކަލު ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ދެ ޒުވާނަކަށް އައިޖީއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ހަވީރީ ހިނގުމުން ދުއްވާފައި ދިޔަ ދެ ސައިކަލު އެ މަގުގައި ޕާކުކޮށްފައި އޮތް ސައިކަލެއްގައި ޖެހިގެންނެވެ. އޭގެ ތެރެއިން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނީ އުމުރުން 20 އަހަރު އަދި 24 އަހަރުގެ ދެ ޒުވާނުންނަށް ކަމަށް ފުލުހުން ބުނެ އެވެ. އެ ދެމީހުންގެ ހަށިގަނޑުގެ އެކި ތަންތަނުން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ޕިކަޕުގައި ޖެހުނު ދެ ސައިކަލުގެ ތެރެއިން އަނެއް ސައިކަލުގައި ތިބި މީހުން ސައިކަލު ދޫކޮށްލުމަށްފަހު ފިލާފައިވާ ކަމަށެވެ.