ނ. މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެއްޗާއި ބަނގުރާފުޅިއެއް ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މާފަރު ޕޮލިސް ސްޓޭޝަނުން ވައްކަންކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި މަސްތުވާތަކެއްޗާއި ބަނގުރާފުޅިއެއްގެ އިތުރުން ބައެއް އެހެން އެއްޗެހިވެސް ވަގަށް ގެންދިޔަ ކަމަށް ބުންޏެވެ. އެއީ ކޮން އެއްޗިއްސެއް ކަމެއް އަދި ވަގަށް ގެންދިޔައީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ އިދާރާގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.