މަގުމަތީގެ އެކްސިޑެންޓް

ރޭ މެންދަމު ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި އަންހެނެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ

ރޭ މެންދަމު ލ. ގަމުގައި ހިނގި އެކްސިޑެޓެއްގައި ޒަޚަމްވެ ހާލު ސީރިއަސްވި އަންހެނަކަަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 01:20އެހާ އިރު ގަމު ރީޖަނަލް ހޮސްޕިޓަލު ކައިރިން ދެކުނުން އުތުރަށް ބާރު ސްޕީޑުގައި ދުއްވާގައި ދިޔަ ސައިކަލެއް ޑިވައިޑާއެއްގައި، (މަގު ދެބައި ކުރަން، ނުވަތަ ވަކި ކުރަން ހަދާފައި ހުންނަ ބައި)ގައި ޖެހި އެކްސިޑެންޓް ވެގެންނެވެ.

މި ސައިކަލު ދުއްވަން އިނީ 29 އަހަރުގެ ފިރިހެނެއް ކަމަށާއި ފަހަތުގައި އިނީ 27 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އެ ދެމީހުންނަށް ގަމު ރީޖަނަލް ހޮސްޕިޓަލިގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެހެން ނަމަވެސް ހާލު ސިީރިއަސްއީ އަންހެން މީހާގެ ކަމަށް ފުލުހުން ބުނެ އެވެ.