ޚަބަރު

އިންނަމާދޫއަށް ކަރަންޓްދިނުމަށް 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް މިރޭ 1:30 ގައި ފުރުވާލާނެ

ރ.އިންނަމާދޫ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް އެރަށަށް ފޮނުވާލަން މިރޭ 1:30 ގައި ފުރުވާލާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން މިހެން ބުނެފައިވާއިރު، މިއަދު ހަވީރު 4:00 ން ފެށިގެން އިންނަމާދޫއިިން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ.

އިންނަމާދޫ ކައުންސިލް މެންބަރަކު ވިދާޅުވީ، އެކި ގަޑިތަކުގައި އެރަށުން ކަރަންޓް ކަނޑައިގެންދާތާ މިހާރު ހަފްތާތަކެއް ވެފައިވާކަމަށާއި ނަމަވެސް މިއަދު ހަވީރު މުޅި ރަށުން ކަރަންޓް ކަނޑައިގެންދިޔަ ގޮތަށް ކަރަންޓްގެ މައްސަލަ ހައްލު ކުރެވިފައިނުވާ ކަމަށެވެ.

މެންބަރު ވިދާޅުވީ، ފެނެކައިގެން ޓީމަކުން ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަަމަށެވެ.

އޭނާ ވިދާޅުވީ ކަރަންޓް ނެތުމުގެ ސަބަބުން މުޅިރަށަށް އެކަމުގެ ދަތިކަން ފޯރާފައިވާ ކަމަށާއި މިރޭ މުޅިންވެސް ފުޅިބައްތި ބޭނުން ކުރަމުންދާ ކަަމަށެވެ. އަދި ހޫނު ގަދަކަމުން ގޭގޭ ތެރޭގަައި ނުތިބެވިގެން ގިނަ މީހުން ކުޑަކުދިން ގޮވައިގެން ބޭރަށް ނިކުމެ ތިބިކަމަށްވެސް ވިދާޅުވިއެވެ.