ޚަބަރު

ރާއްޖެއިން މަލިކަށް އަތްގަދަކުރުމުގެ ވިސްނުމެއްނެތް، އެއީ ޖާބިރުގެ އަމިއްލަ ހިޔާލު: ރައީސް އޮފީސް

އިބްރާހިމް ޒަކީ

1

އިންޑިޔާގެ ބާރުގެ ދަށުގައި އޮތް މަލިކަށް އަތްގަދަކުރުމުގެ އެއްވެސް ވިސްނުމެއް ރާއްޖެއިން ނުގެންގުޅޭ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

މިކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު، އިބްރާހިމް ހޫދު ކުރެއްވި ޓުއިޓެއްގައި ވިދާޅުވެފައިވަނީ، މަލިކަށް އަތްގަދަކޮށް މަލިކަކީ ރާއްޖޭގެ ބައެއްކަމުގައި ހެދުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ.

ދިވެހި ސަރުކާރުން މިކަން ހާމަކޮސްފައި މިވަނީ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މަލިކަކީ ރާއްޖޭގެ ބައެއްކަމަށާއި، މަލިކުގެ ބާރު ރާއްޖެއަތުން ބީވެގެން ދިޔަގޮތް ބަލަންޖެހޭކަމަށް، ވިދާޅުވެ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާއަށް އިންތިިހާބުވެފައިވާ އަބްދުﷲ ޖާބިރު މަލިކާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ.

ހޫދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ މަލިކާ ގުޅޭގޮތުން ޖާބިރު ވިދާޅުވި ވާހަކަފުޅުތަކަކީ އެމަނިކުފާނުގެ އަމިއްލަ ހިޔާލުތަކެއް ކަމަށެވެ.

ޖާބިރު ވިދާޅުވެފައިވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުމުން އެމަނިކުފާނު އެންމެ އިސްކަމެއްދެއްވާނެ އެއްކަމަކީ، މި ސަރުކާރުގެ ފޮރިން މިިނިސްޓަރ އަބްދުﷲ ޝާހިދު މަޖިލީހަށް ހާޒިރުކޮށް ސަރުކާރުން މިކަމަށް އަމަލުކުރުވުންކަމަށެވެ. ޖާބިރުވަނީ މި މަސައްކަތް ރާއްޖެ އާއި އިންޑިއާގެ ސަރުކާރުން ގުޅިގެން ކުރަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟