ޚަބަރު

ފިއްލަދޫ ބައި އިލެކްޝަން: ހުސްވެފައިވާ ދެ މަގާމަށް އެމްޑީޕީ މެމްބަރުން

އަހުމަދު ޖައިޝަން

ހއ. ފިއްލަދޫ ކައުންސިލުގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރި ދެ ކެނޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

ފިއްލަދޫގައި ބައިއިލެކްޝަން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލުގެ ދެ މެންބަރަކު އިސްތިއުފާ ދެއްވުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ބައި އިލެކްޝަން ކާމިޔާބުކޮށްފައިވަނީ ހއ. ފިއްލަދޫ، ރިޔާޟް، އަބްދުﷲ ރިޔާޟާއި ފިއްލަދޫ، ލުނބޯމާގެ، މުހައްމަދު ޝިޔާދެވެ. ބައި އިލެކްޝަންގައި ރިޔާޟަށް 352 ވޯޓު ލިބުނުއިރު ޝިޔާދަށް ލިބިފައިވަނީ 289 ވޯޓެވެ.

އެ ދެ ކެނޑިޑޭޓުންގެ އިތުރުންވެސް އިތުރު ދެ ބޭފުޅަކު ވަނީ ބައި އިލެކްޝަންގައި ވާދަކޮށްފައެވެ. އެއީ ފިއްލަދޫ، ނާޒް، މަރިޔަމް ޒޫނާ އާއި ފިއްލަދޫ، ސިތުރާ، މުހައްމަދު މޫސާ އެވެ. ޒޫނާއަށް 184 ވޯޓު ލިބިފައިވާއިރު މުހައްމަދު މޫސާއަށް ވަނީ 284 ވޯޓު ލިބިފައެވެ. އެ ދެ ކެނޑިޑޭޓުންނަކީވެސް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ދެ ކެނޑިޑޭޓުންނެވެ.

މިއަދު ކުރިއަށްދިޔަ ކައުންސިލު އިންތިހާބުގައި ޖުމްލަ 1150 ފަރާތެއް ވޯޓު ލާފައިވާއިރު ސައްހަ ވޯޓުގެ އަދަދަކީ 1108 އެވެ. އަދި ބާތިިލު ވޯޓުގެ އަދަދަކީ 12 އެވެ.