ޚަބަރު

ހުޅުމާލެ ފަޅުތެރެއަށް މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ފާތިމަތު ލިޔުޝާ

ހުޅުމާލެ ފަޅުތެރެއަށް މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ދެންމެ ބުނީ، ހުޅުމާލެ ފޭސް ދޭއް އިރު އުތުރު ފަރާތަށް މަސް ހިފަން މޫދަށް ފޭބި މީހަކު ގެލިގެން ހޯދަމުންދާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު ޕުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ އިރު އުތުރު ފަރާތު ފަޅުތެރެއިން ކަމަށާއި ފެނުން އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ހުޅުމާލެ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ ސްރީލަންކާގެ 55 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.