ޚަބަރު

އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސްގެ ގޮތުގައި 195 މިލިއަން ރުފިޔާ ލިބިއްޖެ

އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް (އޭޑީއެފް)ގެ ގޮތުގައި 195 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއީ މިއަހަރުގެ މިހާތަަށް އޭޑީއެފްގެ ގޮތުގައި ލިބިފައިވާ އަދަދެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަތުން އެއާޕޯޓު ޑިވެލޮޕްމެންޓް ޓެކްސްގެ ގޮތުގައި 192 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެ އިތުރުން މިދިޔަ މާޗް މަހު ވަނީ 67 މިލިއަން ރުފިޔާ ލިބިފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު 4,376,657 ޑޮލަރު މީރާ އަށް ލިބިފައިވެއެވެ.

2017 ވަނަ އަހަރުގެ މެއި މަހު ނަގަންފެށި އެއާޕޯޓް ޑިވެލޮޕްމެންޓް ޓެކްސް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށާއި ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ނަގަމުންދާ ފީއެކެވެ. މި ފީގެ ގޮތުގައި ނަގަނީ ބޭރު މީހުންގެ އަތުން 25 ޑޮލަރު، ދިވެހިންގެ އަތުން 12 ޑޮލަރެވެ.