އެންވަޔަރަނަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ

އަނެއްކާވެސް ހައުސިން މިނިސްޓްރީ ޖޫރިމަނާ، މިފަހަރު މާލެއިން ގަވައިދާ ޚިލާފަށް ރުއްގަސް ކަނޑައިގެން

އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހައުސިން މިނިސްޓްރީ އަނެއްކާވެސް ޖޫރިމަނާ ކޮށްފި އެވެ.

އީޕީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި ހައުސިން މިނިސްޓްރީ ޖޫރިމަނާ ކުރީ މާލޭގެ ދެކުނު ފަރާތާއި އިރުމަތީ ފަރާތުން ވަށައިގެން ހުރި ރުއްގަސްތައް އެ އެޖެންސީގެ ހުއްދަ ނެތި ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމުގެ މަސައްކަތް ކޮށްފައި ވާތީ އެވެ.

އީޕީއޭ އިން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކޮށްފައި ވަނީ 191250 ރުފިޔާއިންނެވެ. އީޕީއެން މި ޖޫރިމަނާ ކޮށްފައި ވަނީ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވައިދުގެ ދަށުން ކަމަށް އެ އެޖެންސީން ބުނެ އެވެ.

ގަވައިދާ ޚިލާފަށް ބިމުން ފެން ނަގައި ބޭރުކޮށްފައި ވާތީ ވެސް އީޕީއޭ އިން ވަނީ ދާދި ފަހުން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކޮށްފަ އެވެ.