މެޓް އޮފީސް

ދެކުނުގެ ތިން އަތޮޅަށް ވައިޓް އެލާޓް ނެރެފި

ގދ. އަތޮޅާއި ފުވައްމުލަކާއި އަދި އައްޑޫ ސިޓީއާ ދެމެދަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:30 އިން މެންދުރު 1:30 އަށެވެ.

ވައިޓް އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.