ލައިފް ސްޓައިލް

ޓައިޕް ކުރުމުން ކުޑަހުޅުގައި ރިއްސާނަމަ ފަސޭހަ ހައްލެއް

ގިނަ އިރު ޓައިޕް ކުރުމުން ކުޑަހުޅުގައި ރިއްސުމަކީ އާންމު ކަމެކެވެ. ރިސްޓް ޕެޑް ނުވަތަ ގާރޑެއް ގަނެގެން ބޭނުން ކުރުމުން މިކަން ފަސޭހައިން ރަނގަޅުކޮށްލާއިރު، މި ތަދުން ސަލާމަތްވާން ހަރަދު ކުރަން ބޭނުން ނޫން ނަމަ މީ ފަސޭހަ ހައްލެކެވެ.

ކުޑަހުޅުގައި ރިއްސުމަކީ ގިނަ އިރު ޓައިޕް ކުރުމުން ބައެއް މީހުނަށް ދިމާވާ ކަމެކެވެ. އަދި މި ކަމުގެ ހައްލެއްގެ ގޮތުގައި ސްޕޮންޖެއް ލެޕްޓޮޕް ނުވަތަ ކީބޯރޑްގެ އަރިމަތީ ބާއްވާލާށެވެ. މިހެން ހެދުމުން ދުވާލުގެ މަސައްކަތުގަ ހާއްސަކޮށް ޓައިޕްކޮށް ހަދާއިރު އަތު ހުޅަށް ފަސޭހަވެ ލުއި ލިބިގެންދާނެއެވެ.

މި ނޫނަސް ކުރެވިދާނެ ބައެއް ކަންކަމަކީ:

  • މޭޒުގެ ކައިރިއަށް ކީބޯޑާއި މައުސް ގެނެސްގެން މަސައްކަތް ކުރުން
  • ކޮންމެ އެއް ގަޑިއިރަކުން އަތް ދަމާލައި ހުޅު ރޮޓޭޓްކޮށްލައި މަސްތަކަށް ކުޑަކޮށް ކަސްރަތެއް ދިނުން