ފުލުހުންގެ ސެކިއުރެޓީ ކެމެރާތަކަށް ހުރަސް އެޅޭ ގޮތަށް ދަމާފައިވާ ކެމްޕޭން ފޮތިތަށް ފުލުހުން ނަގަން ފަށައިފިއެވެ.
ފުލުހުން ރޭ ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގެ ކުރިމަތީގައި ދަމާފައިވާ ޕީޕީއެމްގެ ދިދަތަކާއި ބެނާތައް ނަގައިފައެވެ. އަދި ބައެއް އެހެން ސަރަހައްދުތަކުގައި ދަމާފައިވާ ކެމްޕޭން އެހެން ޕާޓީތަކުގެ ކެމްޕެއިން ފޮތިތަށްވެސް ނަގާފައިވެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ މާލޭ މަގުތަކުގައި ހުރި ސެކިއުރިޓީ ކެމެރާތަކާއި ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭ ގޮތަށް ހަރުކޮށްފައިވާ ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭން މެޓީރިއަލްސް 24 ގަޑިއިރުގެ ތެރޭގައި ނެގުމަށް އެދިފައެވެ.
ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކުން ކެމްޕޭން މޭޓިރިއަލްސް ނަގާފައެއް ނުވެއެވެ. ސެކިއުރެޓީ ކެމެރާތަކަށް ހުރަސް އެޅޭ ގޮތަށް ކެމްޕޭން މެޓީރިއަލް ހަރުކުރުމަކީ މަނާ ކަމެކެވެ.