ޚަބަރު

އަމީނިއްޔާގެ 75 ވަނަ އަހަރީ ދުވަހުގެ ފެއާއަށް ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފި

މަރިޔަމް ޝަހުދާ

އަމީނިއްޔާގެ 75 ވަނަ އަހަރީ ދުވަހުގެ ފެއާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފި އެވެ.

މިއަދު ހަވީރު ފެށި "އަމީނިއްޔާ ޑައިމަންޑް ޖުބްލީ ފެއަރ" އަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކޮށްފައި ވަނީ މިރޭގެ ވަގުތެއްގައެވެ. އެގޮތުން ފެއާގެ އެކި ބައިވެރިންގެ މަސައްކަތް ރައީސް ސޯލިހުގެ ދެކަނބަލުން ވަނީ ބައްލަވާފައެވެ.

މިރޭ 11:00 އާ ހަމައަށް ކުރިއަށް ދިއުމަށް ހަމަޖެހިފައިވާ މި ފެއާގައި އަމީނިއްޔާ ސްކޫލްގެ އެކި އިރުގެ ދަރިވަރުންގެ މަސައްކަތްތަކާއެކު 100އަށް ވުރެ ގިނަ ސްޓޯލްތައް ވެއެވެ.