ޚަބަރު

މާމިގިލީގައި ޕިކަޕެއްގައި ރޯވެ، ބިދޭސީއަކަށް އަނިޔާވެއްޖެ

މަރިޔަމް ޝަހުދާ

އދ. މާމިގިލީގައި ޕިކަޕެއްގައި ރޯވެ، ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.

މިކަމާ ގުޅިގެން ފުލުހުން މައުލޫމާތުދެމުން ބުނީ މާމިގިލީގައި ޕިކަޕެއްގައި ރޯވެފައިވާ ކަމުގެ ހަބަރު މިއަދު ހަވީރު 16:35 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ޕިކަޕުގައި ރޯވިތާ މާ ގިނައިރު ނުވަނީސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން މިހާދިސާގައި ބިދޭސީއެއްގެ ފައި ފިހި އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މާމިގިލީގައި މިއަދު ހިނގި މި ހާދިސާގައި ރޯވެފައި ވަނީ އެރަށުގައި މަދިރި ކޮންޓްރޯލް ކުރުމަށް ބޭސް ޖެހުމަށް ބޭނުންކުރާ ޑީސަލް އަދި ޕެޓްރޯލް އަޅާފައިވާ ޕިކަޕެކެވެ. ފުލުހުން އަންނަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.