”ކަމާކެމި“ އިންމޭޓްސް ކްރިއޭޓިވް ފެއަރ 2019 ހުޅުވައިފި އެވެ.
މިއަދު ހަވީރު ކ.މާފުށީގައި މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި މި ފެއާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ. މި ފެއަރ ހުޅުވާފައި ވަނީ މާފުށި ސްކޫލްގައެވެ.
ކަރެކްޝަނަލް ސާވިސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ”ކަމާކެމި“ އިންމޭޓްސް ކްރިއޭޓިވް ފެއަރ 2019 އަކީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންގެ އެކި މަސައްކަތްތައް ދައްކާލުމަށް ކުރިއަށްގެންދާ ފެއާ އެކެވެ. މިފެއާ ހުޅުއްވުމަށް ރައީސް ސޯލިހުގެ ދެކަނބަލުން ވަނީ މިއަދު މަފުއްޓަށް ވަޑައިގެންފައެވެ. އަދި މި ފެއާއަށް ގައިދީން ތައްޔާރުކޮށްފައިވާ އެކި މަސައްކަތްތައް ރައީސްގެ ދެކަނބަލުން ވަނީ ބައްލަވާލާފައެވެ.
މި ފެއާ ހުޅުވުމަށް ކުރިއަށް ދިޔަ ރަސްމިއްޔާތުގެ ތެރެއިން ކަރެކްޝަނަލް ސާވިސް އިން ވަނީ ރާއީސް ސޯލިހަށް ހަނދާނީ ފިލައެއް އަރުވާފައެވެ.