އައިޖީއެމްއެޗުގެ ކެތް ލެބްގެ މަސައްކަތް މެދުކެނޑިއްޖެއެވެ.
ކެތު ލެބަކީ ހިތުގެ ބަލިތަކާ ގުޅުން ހުރި މުހިއްމު ތަހުލީލުތަކާއި އޮޕަރޭޝަންތައް ކުރާ ތަނެކެވެ. އެބްލޭޝަން، އެންޖިއޯގްރާމް އަދި އެންޖިއޯޕްލާސްޓީ ފަދަ އޮޕަރޭޝަންތައް ކެތް ލެބުގައިކުރެއެވެ.
އައިޖީއެމްއެޗުން "ވަން" އަށް މިއަދު ބުނީ ކެތު ލެބުގެ މަސައްކަތް މެދުކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
"ހަފުތާއެއް ފަހުން ކެތް ލެބަށް ދިމާވި މައްސަލަ ހައްލުވާނެކަމަށް ޓެކްނިކަލް ޓީމުން މައުލޫމާތު ދެނީ" އައިޖީއެމްއެޗުން ބުންޏެވެ.
ކެތު ލެބަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަމަށް އައިޖީއެމްއެޗުން ބުންޏެވެ.