ޚަބަރު

ޓެކްސީއަކަށް ގެއްލުނު 1000 ޕައުންޑުގެ ޑައިވިންގ ކޮމްޕިއުޓަރެއް ފުލުހުން ހޯދައިފި

މަރިޔަމް ޝަހުދާ

މާލޭގައި ޓެކްސީ އަކަށް ގެއްލުނު 1000 ޕައުންޑުގެ ޑައިވިންގ ކޮމްޕިއުޓަރެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މިއަދު ހަވީރު 4:00 ހާއިރު ޓެކްސީއެއްގެ ތެރެއަށް ޑައިވިންގ ކޮމްޕިއުޓަރު ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިޓަލީ މީހެކެވެ. މި މީހާއަކީ ރާއްޖޭގައި މަސައްކަތް ކުރާ މީހެކެވެ.

ފުލުހުންނަށް ލިބުނު ރިޕޯޓާ ގުޅިގެން ޑައިވިންގ ކޮމްޕިއުޓަރ އަލުން ހޯދާފައިވަނީ ސީސީޓީވީ ފޫޓޭޖް ބަލައިގެން އެ ޓެކްސީ ހޯދައިގެންނެވެ. އެގޮތުން މިހާރު ޑައިވިންގ ކޮމްޕިއުޓަރ ހޯދާ، އޭގެ ވެރިފަރާތާ ހަވާލު ކުރެވިފައިވާނެ ކަމަށް ފުލުހުން މައުލޫމަތު ދެއެވެ.